މަރުގެ ހުކުމް އިއްވާފައިވަނީ މިސްރުގެ އުމުރުން 21 އަހަރުގެ މުހައްމަދު އާދިލް ނަމަކަށް ކިޔާ ޒުވާނަކަށެވެ.
މިސްރުގެ ކޯޓަކުން އޭނާގެ މައްޗަށް މަރުގެ އަދަބު ތަމްފީޒު ކުރުމަށް ކުރި ހުކުމްގައި ބުނެފައިވަނީ އޭނާ ދަންޖައްސައި މަރާލާ މަންޒަރު ޓީވީ ޗެނަލް ތަކުން ވަގުތުން ދުރަށް ދެއްކުމަށެވެ.
އާދިލް މަރަން ހުކުމް ކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިފައިވާ ލޯބިވެރިޔާ ނައިރާ އަޝްރަފް އޭނާއާ ކައިވެނި ކުރުމަށް ދެކޮޅު ހެދުމުން ނައިރާ މަރާލާފައިވާތީ އެވެ.
އާދިލް ނައިރާ މަރާލާފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުގަ އެވެ. އަދި އާދިލްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުގަ އެވެ.
އާދިލް ނައިރާ އަށް ހަމަލާދީ އޭނާ މަރާލާ މަންޒަރުގެ ވީޑިއޯ އެއްވެސް މީސް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.