ads
ވިޒިޓް މޯލްޑިވްސް ޕްރޯ
ވިޒިޓް މޯލްޑިވްސް ޕްރޯގެ އެންމެ ފަހުގެ ތައްޔާރީތައް
މާލޭގައި މާދަމާ ފެށުމަށް ހަމަ ޖެހިފައިވާ އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ، ވިޒިޓް މޯލްޑިވްސް ޕްރޯގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.

އައިބީސީގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް މުބާރާތް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އޮންނާނީ މާލޭ ރާޅުގަނޑު ސަހަރައްދުގައި މާދަމާއިން ފެށިގެން އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ހަވީރު، މި އިވެންޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.

ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތުގައި އެކި ގައުމުތަކުން ސަތޭކަ ފަންސާހެއްހާ އެތްލީޓުން ވާދަކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޮޑީ ބޯޑިންގެ ދުނިޔޭގެ އަންހެން އަދި ފިރިހެން ޗެމްޕިއަނުން މިހާރުވަނީ ރާއްޖެ އައިސްފައެވެ. މި މުބާރާތުގައި ދިވެހި އެތްލީޓުންވެސް ވާދަކުރާނެއެވެ.

ހަތަރު ކެޓަގަރީއަކުން ބައިވެރިވާ ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް