ads
ސަނާ..
ސަނާގެ އެންމެ ބޮޑު ނަސީބަކީ ތައުބާވުން
އެންމެ ބޮޑު ނަސީބަކީ ދުނިޔެމަތީގައި ތައުބާވެ ސޯލިހު މީހަކަށް ވުމަށް މަސައްކަތްކުރުން ކަމަށް ބޮލިވުޑުގެ ކުޅަދާނަ ބަތޮލާ ސަނާ ހާން ބުނެފި އެވެ.
Advertisement

ދާދި ފަހަކާއި ޖެހެންދެން ބޮލީވުޑުގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ފިޔަ ޖަހަމުން އައި ސަނާ މި ހާރު ވަނީ ފިލްމީ ދާއިރާ އެއްކޮށް ދޫކޮށްލުމަށްފަހު އެދާއިރާއިން ކުރިއަށް ދިއުން ބޭނުން ނުވާކަން ހާމަކޮށްފަ އެވެ. 

ހައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށްފަހު އިންސްޓަގްރާމުގައި އޭނާ ކުރި ވީޑިއޯ ޕޯސްޓެއްގައި ބުނެފައި ވަނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވެދިޔަ ކަންތައްތަކަށް ތައުބާ ވުމަށް ފަހު އިސްލާމް ދީން މަތީގައި ފުރިހަމަ އަށް ހުރެވުން ކަމުގަ އެވެ. އަދި މިކަމަށް ވުރެ އުފާވެރި އެހެން އެއްވެސް ކަމެއް ހަޔާތުގައިވެސް ނެތް ކަމަށެވެ. 

ސަނާ ކައިވެނިކޮށްފައިވަނީ 2020 ވަނަ އަހަރުގަ އެވެ. އޭނާގެ ފިރިމީހާ މުފްތީ އަނަސް އަކީ އޭނާ އާ ކައިވެނި ކުރިއިރުވެސް މުސްލިމެކެވެ. 

އުމުރުން 33 އަހަރުގެ ސަނާ ހައްޖުގެ މަތިވެރި އަޅުކަމަށް މިއަހަރު ދިޔައީ އޭނާގެ ފިރިމީހާ އާވެސް އެކީގަ އެވެ. ސަނާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ ފިލްމީ ދާއިރާ އިން މަޝްހޫރު ކަމާއި، ތަނަވަސް ކަން ލިބުނު ކަމަށެވެ. ނަމަވެސް އެކަމުން ހިންހަމަޖެހުން ލިބިފައި ނުވާ ކަމަށެވެ. 

your imageސަނާ އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ..

ސަލްމާން ހާން އަދޭ ދޭވްގަން އަދި އަކްޝޭ ކުމާރުގެ ފަހުގެ ފިލްމު ތަކުން ސަނާ މީގެ ކުރިން ފެނިގެން ދިޔައިރު އޭނާ ވަނީ ފިލްމުތަކުގެ ބަތޮލާއިންގެ ރޯލުތަކުން ވަރަށް ބެލުންތެރިންގެ ވަރަށްބޮޑު މަގުބޫލުކަމެއްވެސް ހޯދާފަ އެވެ. 

ސަނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބ. އަތޮޅު ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށް އޭނާގެ ފިރިމީހާ އާއެކު ޒިޔާރަތްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް