ads
ރައީސް ވަހީދު-- ފޮޓޯ: އަވަސް
ވެރިކަމުގައި ހުރެ މީހަކަށް އަނިޔާއެއް ދެވުނުނަމަ މާފަށް އެދެން!
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެއްވެސް ފަރާތަކަށް ނުހައްގުން އަނިޔާއެއް ދެވިފައި ވާނަމަ އެކަމަކަށް މާފު ކޮށްދިނުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފި އެވެ.
Advertisement

ރައީސް ވަހީދު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވަނީ ހަތެއް ފެބުރުއަރީ 2012 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުން އޭރުގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު އޭރު ނައިބްރައިސް އަކަށް ހުންނެވި ރައީސް ވަހީދަށް ވެރިކަން ލިބުމުން އެމްޑީޕީގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނާއި އާއިލާއަށްވެސް ވަރަށް ހުތުރު ބަސްތަކުން މުހާތަބުކޮށް ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ. 

އެގޮތުން ރައީސް "ވަހީދަކީ ބާގީ އެއް" ކަމަށާއި، އެއީ "ކާޅު ވަހީދު" ކަމަށް ވެސް ކިޔައި އެމްޑީޕީން ވަނީ ލަވަވެސް ހަދާފަ އެވެ. 

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާއި ގުޅިގެން ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮށްކޮ ނާޒިމް ސައްތާރު ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށް މީސް މީޑިޔާގައި ދަނީ އެކި ފަރާތްތަކުން ރައްދު ދެއްވަމުންނެވެ. 

ރައީސް ނަޝިދު ރައީސް ސޯލިހަށް އަމާޒުކޮށް އެމަނިކުފާނަކީ މީހުންނާއި އިނދެގެން ހުރެ ޒިނޭ ކުރާ މީހެއް ކަމަށް ބުނެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީ އަށް ވަރަށްގިނަ ފާޑު ކިއުންތައްވެސް އަމާޒުވެ އެވެ. 

ގިނަ ދުވަސްތަކެއް ވަންދެން މީޑިޔާތަކުގައި ހަނު ހުރުމަށްފަހު ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ އެމްޑީޕީގެ އޭރުގެ ވެރިކަމުގައި އެމަނިކުފާނު އެއްްވެސް ފަރާތަކަށް ނުހައްގުން އަނިޔާވެރިވެފައިވާނަމަ މާފްކޮށްދިނުމަށް އެދޭ ކަމަށެވެ. 

ރައީސް ވަހީދު ވިދާޅުވެފައިވަނީ އޭރު ރައީސް ނަޝީދުގެ ވާހަކަތައް ގަބޫލުކޮށްގެން އެމްޑީޕީން އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ހުތުރު ބަސް ބުނެ އަނިޔާ ދިން މީހުންނަށް މާފުކޮށްފައިވާ ކަމަށެވެ. 

ރައީސް ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލައްވާނެ ކަމުގެ ވާހަކަތަކެއްްވެސް ދަނީ ދެކެވެމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް