ads
ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ (ފޮޓޯ އެމްއޯސީ)
އުއްމީދީ އަންހެން ޓީމަށް ނާކާމިޔާބު ފެށުމެއް
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ދިވެހި އުއްމީދީ އަންހެން ޓީޓީ ޓީމް، ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ހުކުރު ދުވަހު ދިވެހި އުއްމީދީ އަންހެން ޓީމު ބަލިވީ، މޮރިޝަސް އަތުން ތިން ސެޓު ދެ ސެޓުންނެވެ. ކޮމަންވެލްތު ގޭމްސްގައި މޮރިޝަސް އަތުން ރާއްޖެ ބަލިވިއިރު، އެ ޓީމަކީ އިންޑިއަން އޯޝަން ގޭމްސްގައި ރާއްޖެ އަތުން ބަލިވި ޓީމެވެ.

ކޮމަންވެލްތު ގޭމްސް އަށް ދިވެހި އަންހެން ޓީޓީ ޓީމު ރޭންކިންގެ ގަދަ ސޯޅައިގެ ތެރެއިން ކޮލިފައިވިއިރު، ދިވެހި ޓީމު ހިމެނެނީ އޮސްޓްރޭލިއާ، މެލޭޝިއާ އަދި މޮރިޝަސްއާ އެއް ގްރޫޕެއްގަ އެވެ.

ރާއްޖެއާ މެލޭޝީޔާވެސް ހުކުރު ދުވަހުވަނީ ކުޅެފައެވެ. މި މެޗު މެލޭޝިޔާއިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް