ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ގުޅާލުމުގެ އެމްޓީސީސީން ފަށާފައިވާއިރު އަތޮޅުތަކުގައި މިނީ ބަސް ދަތުރުތަކުގެ ނުވަދިހަ ފަސް ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.
އެމްޓީސީސީ ގެ ޓްރާންސްޕޯޓް ހިދުމަތް އާރުޓީއެލްގެ ދަށުން މުޅި ރާއްޖެއަށް ތައާރަފް ކުރި މިނީ ބަސްތައް އަތޮޅުތެރެއަށް ފޮނުވައިދިނުމުގެ އެންމެ ފަހުގެ މަސައްކަތްވެސް މިހާރު ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
މިނީ ބަހުގެ ހިދުމަތް މިވަގުތަށް ފެށުމަށް ހަމަޖެހިފައި ވަނީ މާލެ ހިމަނައިގެން ޖުމްލަ ތިން އަތޮޅަކަށެވެ. އެއީ ލ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގަ އެވެ.
މި ހިދުމަތް ދިނުމަށްޓަކައި އައްޑޫ ސިޓީއަށް ވަނީ ބާރަ ބަހެއް ފޮނުވާފަ އެވެ. އަދި ފުވައްމުލަކު ސިޓީ އަށް ވަނީ ޖުމްލަ ފަސް ބަސް ގެންގޮސްފަ އެވެ. މީގެ އިތުރުން ލ.އަތޮޅަށް ހާއްސަކޮށްގެން ވަނީ ހަތް ބަހެއް ފޮނުވާފަ އެވެ. މީގެ އިތުރުން މާލޭ ސިޓީ އަށް ހާއްސަކޮށްފައިވަނީ ބާރަ ބަހެކެވެ.
އެމްޓީސީސީން މި ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ
މާލޭ ސިޓީގައި މިނީ ބަހުގެ ދިނުމަށް ދިނުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޓީސީސީން ކުރިން ވަނީ ބުނެފަ އެވެ.