ads
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ
ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިންޑިއާގަ
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ގްރޭޓާ މާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ދެމެދު އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިންޑިއާގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.
Advertisement

އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގްރޭޓާ މާލޭ ކަނެކްޓިވިޓީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމެޖެހިފައި ވާކަމަށެވެ. 

އޮންލައިންކޮށް ބޭއްވުމަށް ހަމެޖިފައިވާ މި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ރަސްމިއްޔާތުގައި އަމަލީ ގޮތުން ބުރިޖުގެ މަސައްކަތް ފެށުމުގެ ގޮތުން ބުރިޖުގެ ތަނބަކަށް ކޮންކްރީޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރައީސް ސޯލިހު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅަކީ، ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައި ވާއިރު، މި ދަތުރުފުޅުގައި، ސަރުކާރުގެ އިސް ވެރިންގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ މަންދޫބުން ބައިވެރިވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ. 

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ދެގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިންގެ މަޝްވަރާތަކެއް ވެސް މިދަތުރުފުޅުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިލަ-މާލެ ބްރިޖްގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު މި ބުރިޖުގައި ވިލިމާލެ އާއި ގުޅީފަޅާއި މާލެ އާއި ގުޅާލެވޭނެ އެވެ. ބުރިޖުގެ މަސައްކަތައް ޖުމްލަ 7.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައިވާއިރު މި މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

42%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް