
ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިޔާގެ ކެރެލާގައި ހޮނިހިރު ދުވަހު މަރުވި އުމުރުން ބާވީސް އަހަރުގެ ޒުވާނާ މަރުވީ، މަންކީޕޮކްސް ނުވަތަ މަކުނު ވިދުރީގައެވެ. އޭނާއަކީ ޔޫއޭއީގައި މަސައްކަތް ކުރުމަށް ފަހު އެނބުރި އިންޑިޔާއަށް ދިޔަ މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިޔާގައި ފުރަތަމަ ފަހަރަށް މަންކީ ޕޮކްސްގައި މީހަކު މަރުވިކަން ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް މަންކީޕޮކްސްގެ ހަތަރު ކޭސް އިންޑިޔާއިން ފެނިފައިވެއެވެ. އެއީ ކެރެލާއިން މި ފެނުނު ކޭސްއާއި އެކު އިތުރު ދެ ކޭސް އަދި ވެރިކަން ކުރާ ނިއުދިއްލީއިން ފެނުނު ކޭހެކެވެ. އިންޑިޔާއިން އެންމެ ފުރަތަމަ މަންކީ ޕޮކްސްގެ ކޭހެސް ރަސްމީކޮށް ތިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ ސާދަވަނަ ދުވަހުއެވެ.
ހަލުއި ކަމާއެކު ފެތުރެމުންދާ މަންކީޕޮކްސްއަކީ، މުޅި ދުނިޔެއަށް އޮތް ސިއްހީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިންވަނީ ކަނޑައަޅާފައެވެ.
ސީއެންއެމް ޕޯލް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް؟