ads
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ކުރިން ބުނި އެތި ކެންސަލް
އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ނުކުންނާނެ ކެންޑިޑޭޓެއްގެ ގޮތުގައި ކުއްލިއަކަށް ރައީސް ޢަބްދުﷲ ޔާމީން ކަނޑައެޅުމާއި އެކު ސިޔާސީ މަސްރަހަށް މިވަނީ ކުއްލި ލޮޅުމެއް އައިސްފައެވެ.
Advertisement

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ނިންމިއިރު، އެ ޓިކެޓުގެ އުއްމީދުގައި ސިޔާސީ އެތައް ބަޔަކު ތިބިކަމީ ހަގީގަތެވެ. އެ ވާހަކަ ދައްކަން ފަހަރުގައި ބޭނުން ނުވެދާނެއެވެ. އެކަމަކު ރައީސް ޔާމީންގެ ޝަރީއަތްތަކެއް ކުރިއަށްދާތީ، ރިޔާސީ ޓިކެޓް މި ވަގުތު ޔާމީނަށް ދީފައި އޮތް ނަމަވެސް އަދިވެސް އެ ޓިކެޓުގެ ހުވަފެން ދެކޭނެ ސިޔާސީ ލީޑަރުން އެބަތިބިކަމާމެދު ޝައްކެއް ނެތެވެ.

ރައީސް ޔާމީނަށް މީހަކު ތާއީދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ރައީސް ޔާމީން ރާއްޖެއަށް ބާރު ސްޕީޑުގައި ގެނެސްފައިވަނީ ވައްކަމާ ކޮރަޕްޝަން. ރައީސް ޔާމީނަކީ އިންތިހާއަށް ފިނޑި ބޭފުޅެއް. އަޑުގަދަ މީހާގެ ރުއްގިނަވާނެއޭ ބުނާ އުސޫލުން ހުކުމްތައް ނެރެ، ނޫސްތަކާއި ނޫސްވެރިން އަޑު މަރާލަން ހުރި މީހަކަށް ގައުމު ހަވާލުކުރަން ހެޔޮ ނުވާނެ. ސިޔާސީ ވެރިންނަށް އޮތީ އަންދާ ގާނޫނު. ނޫސްވެރިންނަށް އޮތީ އަންދާ ގާނޫނު.

ޑރ. މުހައްމަދު ޖަމީލް އަހްމަދަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސެވެ. ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް ޔާމީނަށްވުރެ ބުރަކޮށް ރައީސް ޔާމީނަށް ކެމްޕެއިން ކުރެއްވުމުގައި ޑރ. ޖަމީލް އުޅުއްވިއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ޑރ. ޖަމީލަށް ރައީސް ޔާމީނާއެކު ކެތް ކޮށްލެވުނީ ދުވަސްކޮޅެކެވެ.

ރައީސް ޔާމީންގެ ނާއިބު ރައީސަކަށް ހުންނަވައި ރާއްޖެ ދޫކުރައްވައި އިގިރޭސިވިލާތަށް ވަޑައިގެން އެގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަސް ފަހު ޑރ. ޖަމީލަށް އެނބުރި ވަޑައިގެންނެވުނީ ރައީސް ޔާމީންގެ ވެރިކަން ނިމުމުންނެވެ. އޭރު ބޭރުގައި ހުންނަވައިގެން ރައީސް ޔާމީނަށް މުހާތަބުކޮށް ޑރ. ޖަމީލް ވިދާޅުނުވާ އެއްޗެއް އޮންނާނެހެން ހީނުވެއެވެ.

އެކަމަކު މިހާރު އަނެއްކާވެސް މުޅިން މަންޒަރު ބަދަލުވީއެވެ. ޑރ. ޖަމީލް މިހާރު ވިދާޅުވަނީ ވަރަށް ބޮޑު ތަފާތެއް ރައްޔިތުންނަށް ފެނިއްޖެ ކަމަށާއި، ރައީސް ޔާމީން މިނިވަންކަން ވިއްކާ ނުލައްވާނެ ކަމަށެވެ.

މިހާރުގެ ގޮތަށް ދަންނަވަންޏާ ޑރ. ޖަމީލް ކުރިން ދެއްކެވި ހުރިހާ ވާހަކައެއް ކެންސަލްއެވެ.

77%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް