ads
މިއުސަމް މުހައްމަދު ސަލީމް
މަޝްހޫރު ފޮޓޯގްރާފަރު މިއުސަމް ކުއްލިއަކަށް ނިޔާވެއްޖެ
މަޝްހޫރު ފޮޓޯގްރާފަރު މިއުސަމް ކުއްލިއަކަށް ދުބާއީގައި ނިޔާވެއްޖެ އެވެ.

ދުބާއީގައި ކުއްލިގޮތަކަށް ނިޔާވެފައިވާ އުމުރުން 40 އަހަރުގެ މިއުސަމް މުހައްމަދު ސަލީމް (ސީކޭ) ނިޔާވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މިއުސަމް އަކީ ވަރަށް ގިނަ ބަޔަކު ދަންނަ މަޝްހޫރު ފޮޓޯގްރާފަރެކެވެ. 

ދުބާއީ އަށް ބަދަލުވެ، މިއުސަމް މަސައްކަތް ކުރަމުން ދިޔައީ ފުޖެއިރާ އެއާޕޯޓުގަ އެވެ. 

މިއުސަމް ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ދެ އަހަރު ވަންދެން އަދާކުރައްވާފައެވެ. 

މިއުސަމް ނިޔާވީރު އޭނާގެ 12 އަހަރުގެ އަންހެން ދަރިއަކާއި އަންބަކު ހުރެއެވެ. އެދެމައިންވެސް ދިރިއުޅެނީ ދުބާއީގެ ފުޖެއިރާ ގަ އެވެެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް