ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިންޑިއާއިން މަޝްރޫއުތައް ނިންމަން 100 މިލިއަން ޑޮލަރުގެ ލޯނެއް
އިންޑިއާއިން މަޝްރޫއުތައް ނިންމަން 100 މިލިއަން ޑޮލަރުގެ ލޯނެއް
އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފި އެވެ.
Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ބޮޑުވަޒީރު ރެންދުރަ މޯދީ އާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. 

އެ ބައްދަލުވުމަށްފަހު ދެ ބޭފުޅުން ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް މިވަގުތުވެސް ހިންގަމުން އަންނަ ކަމަށާއި، ރާއްޖޭގައި އިންޑިއާއިން ހިންގަމުން އަންނަ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް އިތުރު އެހީތެރިކަމެއް ދިނުމަށް ނިންމާފައި ވާކަމަށެވެ. 

އެގޮތުން ކަނޑައެޅިފައިވާ ތާރީހަށް އެގައުމުން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް ނިންމުމަށް 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ލައިނެއް ދިނުމަށް ނިންމާފައި ވާކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން މޯދީ ވިދާޅުވީ، އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާއި އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމު ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އަބަދުވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި އެހީތެރިކަން މިގޮތަށް ދެމުން އަންނާނެ ކަމަށް މޯދީގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. 

އިންޑީއިން ވަނީ ރާއްޖެއަށް މީގެ ކުރިން 800 މިލިއަން ޑޮލަރުިގެ ކެރެޑިޓް ލައިނެއް ދީފަ އެވެ. މިއަދު ދިން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އާއި އެކު އެގައުމުން ދިން ކްރެޑިޓް ލައިންގެ އަދަދު ވަނީ 900 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް