ads
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް
ދިރާގުގެ ބޯޑު މެމްބަރަކަށް ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އައްޔަން ކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރާގުގެ ބޯޑު މެމްބަރެއްގެ ގޮތުގައި، ސަރުކާރުގެ ފަރާތުން އަބްދުﷲ އަބްދުއްރަހީމް އައްޔަން ކުރައްވާފައި ވާކަމަށެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް އަކީ ސަރުކާރު ކުންފުނިތަކުގެ ކަންކަން ބެލުމުގެ ޒިންމާ ގާނޫނީގޮތުން އުފުލާ ބޯޑެވެ. 

އަބްދުﷲ އަބްދުއްރަހީމް އަކީ އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާ، އެކަމުގެ ގިނަ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. 

ދިރާގުގެ ބޯޑު މެމްބަރު ކަމަށް އަބްދުﷲ އަބްދުއްރަހީމް އައްޔަން ކުރެއްވުމާއި ގުޅިގެން ދިރާގުން ވަނީ ރޭގެ ވަގުތެއްގައި އެބޭފުޅާއަށް މަރުހާބާ ދަންނަވާފަ އެވެ. 

ދިރާގުގެ ބޯޑު މެމްބަރުންގެ ގޮތުގައި މިހާރު އަށް މެމްބަރުން ތިއްބެވިއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނެވެ. 

ދިރާގުގެ ބޯޑު މެމްބަރުން: 

  1. އަބްދުﷲ އަބްދުއްރަހީމް
  2. އިސްމާއިލް ރަޝީދު
  3. އިސްމާއިލް ރަޝީދު
  4. އިސްމާއިލް ވަހީދު
  5. ފައިސަލް އަލްޖަލައްމާ
  6. އަހްމަދު އަބްދުއްރަހްމާން
  7. މިކޭލް ވިންޓާ
  8. ފައިސަލް ގަމްހިއްޔާ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް