ads
ދުންޔާ މައުމޫން
ބޮޑުބޭބެއަށް ފާޑުވިދާޅުވެ ނާޒިމްގެ ދިފާއުގައި ދުންޔާ ތެދުވެއްޖެ
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް އަކީ މަރުދުވަހާއި ޖެހެންދެން ގައްދާރެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ރައީސް ޔާމީންގެ ވެރިކަމަށް ފާޑުވިދާޅުވެ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި ދުންޔާ މައުމޫން ތެދުވެވަޑައިގެންފި އެވެ.
Advertisement

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ރައީސް ޔަމީން ވަނީ، މިއަދު ގައުމު އަނދަވަޅެއްގެ ތެރެއަށް ވައްޓާލުމަށްފަހު ގާސިމް އާއި ނާޒިމް މަސައްކަތް ކުރަމުން ގެންދަނީ، އެކަން ނުކުރާ ކަމަށް ހެދުމަށް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ގައުމު އަނދަވަޅަކަށް ވައްޓާލުމަށް ކުރި މަސައްކަތުގެ ސަބަބުން ރައްޔިތުންގެ ތާއީދު ދެން އެ ދެ ބޭފުޅުންނަށް އޮންނާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ނާޒިމް އާއި ގާސިމް އަކި މަރުދުވަހާއި ޖެހެންދެން ގައްދާރުން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.  

މިކަމާއި ގުޅިގެން އެމްއެންޕީގެ އަންހެނުންގެ ވިންގުގެ ލީޑަރު ކަން އަދާ ކުރައްވަމުން އަންނަ، ދުންޔާ މައުމޫން ވަނީ ރައީސް ޔާމީންގެ ވެރިކަމަކީ، ބިރުވެރި އަދި ނުބައި ވެރިކަމެއް ކަމަށްބުނެފަ އެވެ. 

ދުންޔާ މައުމޫން އާއްމުކުރެއްވި ވީޑިއޯއެއްގައި ދުންޔާ ވިދާޅުވީ، ފާއިތުވެދިޔަ ދެ ސަރުކާރުގެ ލީޑަރުންނާއި މެދު މިއަދު ރައްޔިތުން އިތުބާރު ނުކުރައްވާ ކަމަށާއި، އެ ދެ ލީޑަރުން ވަނީ ރައްޔިތުންގެ ކުރިމަތީ ފެއިލްވެފައި ކަމަށެވެ. އަދި އެމްއެންޕީގެ ލީޑަރު ނާޒިމް ވަނީ ރައީސް ޔާމީން އަކީ ގައުމަށް ގައްދާރުވެފައި ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެފައި ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމަކީ، ބިރުވެރި، ކޮރަޕްޓު ވެރިކަމެއް ކަމަށް ވިދާޅުވެފައި ކަމަށެވެ. 

"ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އެތައް ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފަ. އަދި ސިޔާސީ ގިނަ ލީޑަރުންތަކެއް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލާފަ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ގައުމުގައި އޮތީ ބިރުވެރިކަމެއް. އަދި އެކަމަކީ ދިވެހިން އަބަދުވެސް ހަނދާން ބަހައްޓާނެ ކަމެއް. އަޅުގަނޑުމެން ބަލަންޖެހޭނެ އެފަދަ ކަމެއް ދެން ގައުމުގައި ތަކުރާރުވިޔަ ނުދިނުން." ދުންޔާ ވިދާޅުވި އެވެ.

ރައީސް ޔާމީން އަށް ފާޑުވިދާޅުވެ ދުންޔާ ވީޑިއޯއެއް އާއްމު ކުރައްވާފައި ވާއިރު، ދުންޔާގެ ބައްޕާފުޅު އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލެއްވި އިރު، ދުންޔާ ހުންނެވީ، ފޮރިން މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. 

އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ދުންޔާ ގެންދަވަނީ، ރައީސް ޔާމީން އޭރު ކުރެއްވި ގިނަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީން އަކީ އަނިޔާވެރި އެއް ކަމަށްވެސް ދުންޔާ ވަނީ ފަހުން ވިދާޅުވެފަ އެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް