ads
ހަންގަނޑު ރީއްޗަށް ބަހައްޓަން ގައިގާ ތަޅައިފާނަންތަ؟
ހަންގަނޑު ރީއްޗަށް ބަހައްޓަން ބައެއް މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ. ހަންގަނޑު ރީތިވާނެ ކަމަށް މީހަކު ކޮންމެ އެއްޗެއް ބުންޏަސް ޖެހިގެން އަންނަ ދުވަހު، އެގޮތަކަށް އަމަލުކުރެވޭތޯ ބަލާނެ އެވެ. އެކަމަކު އަވަހަށް ނަތީޖާއެއް ނުފެނިއްޖެނަމަ އެކަން ދޫކޮށްލައި، އާކަމެއް ވެސް ކުރަން ފަށާނެ އެވެ.

މިފަހަރު މިއޮތީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭރުގެ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެއްގެ ވާހަކަ އެވެ. މާބުރަ މަސައްކަތެއް ކުރާނެ ކަމެއް ނެތެވެ. ހަމަ މަޑުމަޑުން މޫނުގައި ތަޅަންވީ އެވެ. މިކަމުގެ ސަބަބުން މޫނު، ކައިރީގައި ލޭ ދަތުރުކުރާ ގޮތް ރަނގަޅުވެ، މީހާގެ ހަންގަނޑުގެ ހަކަތަ ރަނގަޅުވާ ކަމަށް ސްކިން އެކްސްޕާޓުން ގަބޫލުކުރެ އެވެ. 

މޫނުގައި ތެޅުމުން މީހާގެ ހަންގަނޑު މަޑުކޮށްދޭ ކަމެއް ކަމަށް ވެސް އެކްސްޕާޓުން ބުނެ އެވެ. އޭގެ އިތުރުން އެކްސްޕާޓުން ބުނަނީ މޫނުގައި ތަޅަން ވާނީ ތަދުނުވާނެ ވަރަށް މަޑުމަޑުން ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނާނީ އޭރުން ކަމަށް ވެސް އެމީހުން ބުނެ އެވެ. މިކަން ކުރަން ވަކި މުއްދަތެއް އެމީހުން ނުބުނެ އެވެ. 

ކޮރެއާގައި "ސްލެޕިން ތެރަޕީ" މަގްބޫލު ނަމަވެސް މިހާރު އެމެރިކާގެ ބައެއް ސެލޫންތަކުގައި ވެސް މިކަން ވަރަށް ގަދަޔަށް ކުރަމުންދާ ކަމަށް ވެއެވެ.

މިހެންކަމުން ހަންގަނޑު ރީއްޗަށް ބަހައްޓަން ބޭނުންވާ މީހުންނަށް މިއީ އަޖުމަ ބަލާލުމަށް ކުރެވިދާނެ ކަމެކެވެ.

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް