ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ސްމޯލް ގްރާންޓަށް ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސްގެ "ސްމޯލް ގްރާންޓްސް" ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް އެ ބޭންކުން ހުޅުވާލައިފި އެވެ.

އެ ބޭންކުން ބުނީ މި ހަރަކާތަކީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެއް ކަމަށެވެ.

މި ޕްރޮޖްކްޓް ހުޅުވާލެވިފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށް ބޭންކުން ބުނެ އެވެ. މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

މިއަދު ބޭންކުން ކުރި އިއުލާނެއްގައި ބުނީ، 15 ސެޕްޓެމްބަރ 2022 ގެ ކުރިން  އީމެއިލް މެދުވެރިކޮށް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ. 

އަދި "ސްމޯލް ގްރާންޓަށް" އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށް ކަމަށްވެސް ބޭންކުން ވަނީ ބުނެފަ އެވެ. 

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔާ މީގެ ކުރިން ވިދާޅުވީ އެ ބޭންކުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން 5 ވަނަ ހަރަކާތެއްގެ ގޮތުގައި ތައާރަފްކުރެވެނު ސްމޯލް ގްރާންޓްސް ޕްރޮޖެކްޓަކީ އެ ބޭންކުގެ ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްރޮޖެކްޓެއް ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް