
ރޭ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނީ އަލަމްގިރު އާއެކު އިތުރު ދެފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުގެ ވީޑިއޯއެކެވެ.
މި ވީޑިއޯ ދައުރުވާން ފަށާފައިވާއިރު މި ވީޑިއޯވެސް ނަގާފައިވަނީ އަލަމްގިރު ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެފައިވާ ކޮޓަރީގައިކަން އެނގެ އެވެ.
ރޭ ލީކުވި ވީޑިއޯއާއި ގުޅިގެންވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ ދިވެހި ދެފިރިހެނުން ކަމަށާއި އެއީ ދެ ސްކޫލެއްގެ ދެ ޓީޗަރުން ކަމަށެވެ.
ރާއްޖޭގެ އެކި ފެންވަރުގެ މީހުންނާއެކު އަލަމްގިރު އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދައުރުވާން ފަށާފައިވާއިރު ގުޅުން ހިންގި ކަމަށް ބުނާ އަދަދު 200 އިން މަތީގައި އުޅޭކަމަށްވެސް ވަނީ އަޑު ފެތުރިފަ އެވެ.
މި މައްސަލަ ތަކާއި ގުޅިގެން އަލަމްގިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އޭނާ ވަނީ ފުުހުން ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ތަކުގެ ތުހުމަތުގައި ވަނީ އިތުރު ތިން މީހަކުވެސް ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ފުލުހުންގެ އިންޓެލިޖަންސް އޮފިސަރަކާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި، ގާނޫނީ ވަކީލް ނާޒިމް ސައްތާރެވެ. މި ތިންމީހުންގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
ފުލުހުން ބުނެފައިވަނީ ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ މައްސަލަ އަކާއި، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ މައްސަލަތަކެެއް ބަލަމުން އަންނަ ކަމަށެވެ.