ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މާދަމާ އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފްއިން ޖޮއިންޓު އެކްސަސައިޒް އެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށާއި، މި ދުވަސްތަކުގައި މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުގެ ކަނޑާއި، އެއްގައުމުގައި ސިފައިން ހަރަކާތްތެރި ވާނެ ކަމަށެވެ.
އަދި މި ތަމްރީން ތަކުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއި، އެކު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ކޮށްފައި ނުވެ އެވެ.
އާއްމު ގޮތެއްގައި ސިފައިން ހަތިޔާރާއި އެކު ތަމްރީންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއށް ގެންދެއެވެ. އެހެން ނަމަވެސް މިއީ ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކުރިއަށް ގެންދަން އިއުލާން ކުރި އެންމެ ދިގު އަސްކަރީ ތަމްރީން އެވެ.