ފުލުހުން ބުނެފައިވަނީ އުމުރުން 83 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު ނަމާދަށް ދިއުމަށްފަހު އެނބުރި ނައިސްގެން އާއިލާގެ ފަރާތުން ހޯދަމުންދަނިކޮށް ފެނިފައިވަނީ މޫދުގައި އޮށްވާކަމަށެވެ.
އަދި އެމީހާ ސިއްހީ މަރުކަޒަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށް މަރުކަޒުން އެމީހާ ބެލި ޑޮކްޓަރު މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އެ އިދާރާއަށް ލިބިފައިވަނީ މެންދުރު 13:30 ހާއިރު ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވިދާޅުވި އެވެ.