ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހޯމް މިނިސްޓްރީގެ މުއައްޒަފަކު ސަސްޕެންޑު ކޮށްފި
ގުރޫޕު ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ރޭ ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިއޯއާއި ގުޅިގެން ހޯމް މިނިސްޓްރީގެ މުއައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަފްސީ އަބްދުﷲ ވިދާޅުވީ އެފަދަ ތުހުމަތެއް ހޯމް މިނިސްޓްރީގެ ވަޒީފާގައި ހުރި ފަރާތަކާއި ކުރެވިފައިވާ ކަމަށް ބެލެވޭތީ އެ މުއައްޒަފު މިހާރު ވަޒީފާ އަށް ނުކުތުން މަނާކޮށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. 

ގުރޫޕު ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ އަކާއި ގުޅިގެން އިމާދުއްދީން ސްކޫލުގެ ޓީޗަރަކުވެސް މިއަދު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ. 

ސޯޝަލް މީޑިޔާގައި ރޭ ދައުރުވަމުން ދިޔަ ވީޑިއޯގައި ފެންނަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރު އާއި އިތުރު ދެ ދިވެހި ފިރިހެނަކު ވެގެން ގުރޫޕު ހަދައިގެން އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. 

ދައުރުވަމުންދާ ވީޑިއޯތަކާއި ގުޅިގެން އެކި ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު ބުނެފައިވަނީ އެ ވީޑިއޯއިންނާއި ފޮޓޯއިންވެސް ފެންނަނީ ސްކޫލުގެ ޓީޗަރެއް ކަމަށެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެއީ ގާޒީ ސްކޫލުގެ ޓީޗަރެއް ކަމަށެވެ. 

ނަމަވެސް ގާޒީ ސްކޫލުން ވަނީ ވީޑިއޯއިން ފެންނަ އެއްވެސް ފަރާތަކީ އެ ސްކޫލުގައި އެއްވެސް އިރެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރި މީހެއް ނޫން ކަމަށްވެސް ބުނެފަ އެވެ. 

ބައެެއް ފަރާތްތަކުން ވަނީ ވީޑިއޯއިން ފެންނަ ޓީޗަރު ކަމަށް ބުނާ މީހާގެ ނަމާއި ވަނަވަރުވެސް ސޯޝަލް މީޑިޔާގައި ހާމަކޮށްފަ އެވެ.

"ސީއެންއެމް" އިން އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އާއި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލުގެ މާހައުލުގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ އެކަކުވެސް އެއްވެސް ސްކޫލެއްގައި ނުބަހައްޓާނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތެއްވިޔަސް ހާއްސަކޮށް ޖިންސީ މައްސަލައެއްގެ ތުހުމަތުގައި ވެފައިވާ ފަރާތެއް ކަމުގައި ވިނަމަވެސް އެފަރާތަކަށް އަލުން އެއްވެސް ސްކޫލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތެއްވެސް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް