
ދިރާސީ އާ އަހަރުގެ ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް އަށް ބަދަލު ގެނައުމަށް ނިންމާފައި ވާކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވި، ކުރިން ހުރިހާ ދަރިވަރުންނަށް ސުކޫލުން ނާސްތާ ފޯރުކޮށްދެމުން ދިޔަ ނަމަވެސް ދެން ސުކޫލް ތަކުން ނާސްތާ ފޯރުކޮށްދޭނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކުދިންނަށް އެކަނި ކަމަށެވެ.
އަދި މިގޮތަށް ބަދަލު ގެނައުމަށް ނިންމީ ނާސްތާ ޕްރޮގްރާމްގެ އިސްރާފު ކުޑަކުރުމަށް ކަމަށެވެ. އަދި ދެން މި ޕްރޮގްރާމް ވެގެން ދާނީ "ނީޑްބޭސްޑް" ޕްރޮގްރާމަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ނާސްތާ ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮވިޑް އާއި ގުޅިގެން ސަރުކާރުން އެ ޕްރޮގްރާމް މަޑުޖައްސާލި އެވެ.