އެމައްސަލަ ހުށަހަޅާފަވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. ފުލުހުން މިރޭ ބުނީ، އެމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފަ ނުވާކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ގިނަ މައްސަލަތަކެއްް މިފަހުން އަންނަނީ ފެންމަތިވަމުން ނެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، ފުލުހަކާއި، ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މަޖިލީހުގެ އިދާރީ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.