ads
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޔޫކޭ މީހުން އަނެއްކާވެސް ބަންދަށް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޔޫކޭ ދެ މީހުންގެ ބަންދު މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މި ފަހަރު މި ދެ މީހުންވެސް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަންގާފައިވަނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ. މިއަދު އެ މީހުން ހަމަ ކުރީ ފަނަރަ ދުވަހުގެ މުއްދަތަކެވެ.

އުމުރުން ސާޅީހުން މަތީގެ މި ދެ މީހުންނަކީ، ގިނަ އަދަދެއްގެ ބުލެޓް ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން ރާއްޖެއަށް އެތެރެ ކުރި ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ މީހުންގެ ހަށިގަނޑުން ފެނިފައިވަނީ ކޮކެއިން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން އެދުނު ނަމަވެސް އެ ގޮތަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެތީއެވެ.

ބަންދުގައި ތިބި މި ދެ މީހުންގެ ސިއްހީ އެކިއެކި ކަންކަން އެ މީހުންގެ ފަރާތުން ބަންދު މަޖިލީހުގައި ފާހަގަކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް