ads
ޓިކްޓޮކް ތަރި ހުނޫ
ޓިކްޓޮކް ތަރި ހުނޭގެ މައްސަލަ ހައިކޯޓަށް
ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ ދޫކޮށްލި ޓިކްޓޮކް ތަރި ހުނޭސާ އާދަމްގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ ފަންސަވީސްވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލުމާއި އެކު ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބަލައިގަނެ، ފުރަތަމަ އަޑު އެހުން މިއަދު ބޭއްވުމަށްވަނީ ތާވަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާކޮށްފައިވެ އެވެ. 

ދައުލަތުން ހުނެއިޝާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އިތުރު ފިރިހެނަކާއި ދެމީހުންތިބި މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ގުޅިގެންނެވެ. 

މި މައްސަލަ އާއި ގުޅިގެން ހުނެއިޝާ އާއި އެކު އެގޭގައި ދެން އިން ފިރިހެން މީހާގެ މައްޗަށްވެސް ވަނީ މިފަދަ ދައުވާތަކެއް ކޮށްފަ އެވެ. 

މަސްތުވާތަކެތީގެ ގާނޫނުގައި ބުނެފައިވާގޮތުން ޑައިމޯފިން ޓްރެފިކް ކުރުމާއި، ކެނަބިސް ޓްރެފިކް ކުރުމަކި ބޮޑެތި އަދަބުތައް ލިބޭ ކުށެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް