ads
މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ އޯޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަނީ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯތަކެއް އާންމުވެފައި ވަނިކޮށް އާންމުވި ވީޑިއޯއެއް މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ލީކްވެފައިވާ އޯޑިއޯތަކާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ލީކުވި އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯއެއް ފާހަގަކުރެވިފައިވާތީ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން އެކަން އިތުރަށް ސާފު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. 

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އޯޑިއާގައި އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ވާހަކަ ދައްކަވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައްސަދު އަލީއާއި އަދިވެސް އިތުރު ބަޔަކާ އެވެ. އެގޮތުން އެންމެ ފުރަތަމަ ލީކުވި ވީޑިއޯގައި އިވިގެންދަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ނިސްބަތްކުރައްވާ ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ އަޑެވެ. 

އޭގެ ފަހުން ލީކުވި އޯޑިއޯގައި އިވިގެންދަނީ ކޮރަޕްޝަންގެ އަމަލުތަކެއްގެ ވާހަކަ އެވެ. އެގޮތުން މިއޯޑިއާގައި އިވިގެންދަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަނެދޭ ވާހަކައެވެ. އަގު ހެޔޮކޮށް ބްރޭންޑް ނިއު ވެހިކަލްތަކެއް ގަނެދޭން ވިސްނަމުންދާ ވާހަކައެވެ. އަދި އޯޑިއޯ އިން އިވިގެންދަނީ އެކަން ފަނިކުރުމަށް ބަޔަކު އުޅޭކަމަށްބުނެ ދައްކާ ވާހަކައެވެ. އަދި އެކަން ފުލުހަށް ހުށަހަޅަން އުޅޭ ވާހަކަ އަކާއި އެކަމުގައި ސުޕްރީމް ކޯޓުގެ އެސްޖީ އަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށްފައިވެއެވެ. 

މީގެ އިތުރުން މި އޯޑިއޯގައި އިވިގެންދަނީ ކޮރަޕްޝަންގެ ގޮތުގައި ލިބޭ އަށްލައްކަ ރުފިޔާއިން ދަރަނި ފިލުވާނެ ވާހަކައެކެވެ. 

އޭގެ އިތުރުން ވެސް އިތުރު އޯޑިއޯތަކެއް އާންމުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަލާމާތް ރައްދުކޮށް އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކަވާ އަޑުވެސް އިވެ އެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ހުތުރު ވާހަކަދައްކަވަ އެވެ. 

އަދި ރިސޯޓަށް ނުވަތަ ސަފާރީއަކަށް ގޮސް ފާހިޝް ކަންކަން ކުރަން ރާވާ މޭރުމަކުން ވެސް އަލީ ވަހީދުގެ އަޑު ކަމަށް ދޭހަވާ އަޑުން ވާހަކަދައްކާފައި ވެއެވެ.

ލީކުވި އޯޑިއޯތަކާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އެގޮތުން އެ އޯޑިއޯ ދައުރުކުރަމުންދަނީ އޭނާގެ އަނބުރު ކަތިލުމުގެ ގޮތުން ކަމަށާއި ނަމަވެސް އެފަދަ އަމަލުތަކުގެ ސަބަބުން އަޒުމު ނުގުޑާނެ ކަމަށެވެ. އަދި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް