ads
ޒުވާނުންގެ ދުވަސް ފާހަގަކުރަން ނައިބު ރައީސް ކުޅުދުއްފުއްޓާއި ނޮޅިވަރަމަށް
ނައިބު ރައީސް ފައިސަަލް ނަސީމް ކުޅުދުއްފުށިސިޓީއަށާ ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސް ފައިސަލުގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެ އެވެ. 

އަދި ޒުވާނުންގެ ދުވަހާއި ގުޅިގެން އެ ސިޓީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވާނެ އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ އެވެ.
 
މިދަތުރުފުޅުގައި ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވާނެއެވެ. އަދި އެރަށު ސްކޫލާއި ސިއްހީ މަރުކަޒަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ “އިންޓަނޭޝަނަލް ޔޫތުޑޭ” އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް