ads
ރޯވެފައިވާ ސަރަހައްދު ނިއްވާލުމުގެ މަސައްކަތް ކުރިއަށް ދަނީ
ހޫނުމިން އިތުރު ވަމުން ދާނަމަ ގިނަ ބަޔަކު މަރުވެދާނެ: އެލިސް ހިލް
ޔޫރަޕުގެ އެކި ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ކުރިއަށް ހުރި ދުވަސްތަކުގައި ގިނަ ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ކްލައިމެޓް ރިސްކް އެނަލިސްޓެއް ކަމަށްވާ އެލިސް ހިލް ދީފި އެވެ.
Advertisement

ޔޫރަޕުގެ އެކި ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން 1،700 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ޖަންގަލިތަކުގައި ވަނީ އަލިފާން ރޯވެފަ އެވެ. އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، ގްރީކްގެ 300 އަށްވުރެ ގިނަ ހިސާބުތަކުގައި ހޫނުގަދަވުމުގެ ސަބަބުން ވަނީ އަލިފާނުގެ ހާދިސާތައް ހިނގާފަ އެވެ. 

މީގެ އިތުރުން ފަރަންސޭސި ވިލާތާއި ސްޕެއިންގެ ޖަންގަލިތަކުގެ ބޮޑު ބައެއްގައި ވަނީ އަލިފާން ރޯވެ އެތައް ހާސް އޭކަރެއްގެ ބޮޑު ސަރަހައްދަކުން ގަސްތައް އަނދައި އަޅިއަށް ވަނީ ވެފަ އެވެ. 

މިކަމުގެ ނުރައްކާ ބޮޑުވެ ގިނަ ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި ޓީއާރްޓޯ ވޯލްޑް އިން ގެނެސްދިން ކޮންފެރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން ކްލައިމެޓް ރިސްކް އެނަލިސްޓެއް ކަމަށްވާ އެލިސް ހިލް ވަނީ މި ހޫނު ރޯޅި ތަކުގެ ސަބަބުން ކުރިއަށް ހުރި ދުވަސްތަކުގައި ގައުމު ތަކުގެ ހޫނު މިން ރެކޯޑް މިންވަރަކަށް މައްޗަށް ޖެހޭނެ ކަމުގެ އިންޒާރު ދީފަ އެވެ. 

މީގެ އިތުރުން ހޫނުގެ ސަބަބުން އެތައް ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ހޫނުގެ ސަބަބުން ދިމާވާ އެކި ސިއްހީ މައްސަލަތައް އިންތިހާއަށް އިތުރު ވުމުގެ ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރުވެސް ގިނަ ބަޔަކު ހޫނުގެ ސަބަބުން ފަރުވާ ހޯދަން ޖެހިފައި ވާކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، ހޫނުމިން މައްޗަށް ޖެހުމުގެ ސަބަބުން ދަނޑު ހެއްދުމަށް ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށާއި، މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް ސަރަހައްދުތަކުން ކާބޯތަކެތި ކުރިއަށް ހުރި ދުވަސްތަކުގައި ހުސްވެދާނެ ކަމުގެ ބިރު މިހާރު ހީވެފައި ވާކަމަށެވެ. 

އަދި ހޫނުގެ ސަބަބުން ކޯރުތަކުން ފެން ހިނދެން ފަށާފައި ވާއިރު، ކުރިއަށް އޮތް މަސްތަކުގައި ފެނުގެ ދަތިކަން މިހާރަށް ވުރެ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރެ އެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް