އަމިއްލައަށް ހަދާފައިވާ ބޮމެއް މުލިއާގެ ކައިރީގައި އޮތް ޕިކަޕެއްގެ ފިއުލް ޓޭންކް މަތީގައި ބޭއްވި މައްސަލާގައި ސަތާރަ އަހަރުގެ ޖަލު ހުކުމަކުން މިއަދު މިނިވަންވީ ޒިހާން އަހްމަދު ކިޔާ ތިމަރަފުށީ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި މުލީއާގޭ ކައިރީ ބޮމެއް ގޮއްވާލަން އުޅުނު ހާދިސާއެވެ.
މި ހާދިސާގައި ކަން ހިނގާފައިވާ ގޮތް ހައިކޯޓުގެ ހުކުމުގައި ތަފްސީލުކޮށް ބަޔާންކޮށްދީފައި އެބައޮތެވެ. މައްސަލަ ހައިކޯޓުން ބާތިލުކޮށް ޒިހާން މިނިވަންކުރީ މި މައްސަލައިގައި ހިމެނޭ އެހެން މީހެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލުކޮށް، އެ މީހާ މިނިވަންކޮށްފައިވާތީ، ސުޕްރީމް ކޯޓުގެ ނިންމުމަށް ދަށު ކޯޓުން އަމަލު ކުރަން ޖެހޭތީއެވެ.