ads
އޮންވޯޓާ ލިވިންގައި އުޅޭ ބަޔަކަށްވާން ވިސްނުން ގެންގުޅެންޖެހޭ: މިނިސްޓަރު އަސްލަމް
އޮންވޯޓާ ލިވިންގައި އުޅޭ ބަޔަކަށްވާން ދިވެހިން ވިސްނުން ގެންގުޅެންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓާރ އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ތިމަރަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، 31 ޑިސެމްބަރު 2019 ގައި ތިމަރަފުށިގެ މަގުހެދުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ހަވާލު ކުރެވިފައިވާކަމަށެވެ. އަދި މަސައްކަތް ހަވާލު ކުރެވިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކުރުމަށް ކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ބަޖެޓް ޖުމުލަކޮށް އެ މަސައްކަތަށް އޮތީ 75.7 މިލިއަން ރުފިޔާކަމަށެވެ. އަދި އާރްޑީސީން މަސައްކަތް ކުރަމުން އަންނަނީ މި މަސް ނިމުމުގެ ކުރިން ތިމަރަފުށީގައި މަގު ހެދުމުގެ މަސައްކަތަކުގެ ޑިޒައިން ކުރުމަށް ބޭނުންވާ ސާވޭތައް ކޮށް އީއައިއޭގެ މަސައްކަތް ފެށުމަށްކަމަށެވެ. 

އެހެން ކަމުން ތިމަރަފުށީގެ މަގުހެދުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިއްޖެ ކަމަށް ގަބޫލުކުރާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެހެން ނަމަވެސް ތާރުއެޅުމުގެ މަސައްކަތާއި ހަމައަށް ދިއުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ ޑިޒައިން ކޮށް ނިމޭއިރު އެ ޑިޒައިން އަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކޮށްފައިވާ ޑިޒައިންއެއްތޯ ޔަގީންކުރުމަށް ދާއިރާގެ މެމްބަރާއި ރަށު ކައުންސިލާއި އެކު މަޝްވަރާ ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ތިމަރަފުށީ މަގުހެދުމުގެ މަސައްކަތް ނިމޭއިރު ފެންހިންދާނެ ނިޒާމުވެސް ގާއިމު ކުރެވޭނެ ކަމަށެވެ. 

ވޭމަންޑޫ އަދި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމަށް 2019 ވަނަ އަހަރު ބަޖްޓް ކޮށްފައި އޮތް އިރު އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒް ސުވާލު ކުރެއްވުމުން އެކަމުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، 2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރުގެ ބަޖެޓްގައި އެ މަސައްކަތަށް ޖުމުލަ 2.8 މިލިއަން ރުފިޔާ ޖަހާފައިވާކަމަށެވެ. އަދި އެ މަސައްކަތް ޑިޒައިން ކޮށް ފީޒިބިލިޓީއެއް ހެދުމަށް ބަޔަކާއި ހަވާލުކޮށް ކޮންސެޕްޓެއް ލިބިފައިވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އަދި ކޮންސެޕްޓް ކަމުނުދާކަމަށް ވިދާޅުވެ މިނިސްޓަރު އަސްލަމް ވިދާޅުވީ، ދެރަށް ދޭތެރޭގައި 3.5 ކޮލީމީޓަރު އެބަހުރި ކަމަށާއި އަދި ފަރުމަތިން ދެރަށް ދޭތެރެއަށް އިތުރު ރަށެއް ވަންނަކަމަށެވެ. ދެރަށް ގުޅުވުމަށް ހަދާ ކޯޒްވޭ ވެލި ފާލަމަކުން ހަދަން އެއްބަސް ނުވެވޭނެކަމަށާއި ކޯޒްވޭ ހަދަންޖެހޭނީ ތަނބުޖަހައިގެން ކަމަށެވެ. އަދި އެކަމަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ވިސްނުމަށް ބަދަލެއް ގެނެސްގެން، ދެރަށް ގުޅާލުމަށް ވެލިފާލަމެއް ހެދުމުގެ ބަދަލުގައި ރާއްޖޭގެ ތަބީއަތާއިއެއްގޮތަށް ޖަޒީރާވަންތަ ސިފައިގައި ތަރައްޤީ ކުރެވެން ޖެހޭ ކަމުގައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، ކިނބިދޫގެ ކޯޒުވޭ އެޅުމުގެ ބަދަލުގައި ފަޅުތެރޭގައި ބައްތިޖަހައި، ވޯޓާވޭއެއް ހަދައި، އަދި އެތަނުގައި ބޭނުން ކުރެވޭނެ އުޅަނދުތަކެއް ތައާރަފް ކުރުމަކީ، ރާއްޖޭގެ ވެއްޓާއި މާބޮޑަށްވެސް ގުޅޭނެ އަދި ހަރަދު ކުޑަ ގޮތަކަށް ވާނެކަމަށެވެ.

"މި ރާއްޖެއަކީ ޖަޒީރާ ރާއްޖެއަަކަށް ވެފައި، އަޅުގަނޑުމެންނަކީ، އޯޝަނިކް، ނޫނީ އޮންވޯޓާ ލިވިންގައި އުޅޭ ބަޔަކަށްވާން އަޅުގަނޑުމެން އެބަ ވިސްނުން ގެންގުޅެން ޖެހޭ."



ރާއްޖޭގެ ދެކުނުގެ ރަށްރަށަކީ ބޮޑެތި ތިލަފަޅު އޮތްރަށްތައް ކަމުގައި ވުމުން، ސަރުކާރުން ފަޅުތެރޭގައި މަގުތައް ހަދައި އަސާސީ ހިދުމަތްތައް ލިބޭނޭ ގޮތްތައް ހަދައިދީ، އާއްމުންނަށް ފަޅު ތެރޭގައި ގެދޮރުއަޅައިގެން އުޅެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް