ads
މީޑިއާ ނެޓު އޮފީސް
މީޑިއާނެޓު އޮފީހަށް ބަޔަކު ވަނުން: ކޯލް ސެންޓަރު ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި
އޯކިޑުމަގުގައި ހުންނަ މީޑިއާނެޓު އޮފީހަށް ބަޔަކު ވަދެ އެތަނުގެ މުވައްޒަފަކަށް ދިން ހަމަލާއާއި ގުޅިގެން މީޑިއާނެޓުގެ ކޯލް ސެންޓަރުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މީޑިއާނެޓުން ބުނީ، އިއްޔެގެ ކުއްލި ހާދިސާ އާއި ގުޅިގެން ކޯލް ސެންޓަރުގެ ހިދުމަތް އިތުރު ގޮތެއް އެންގުމާއި ހަމަޔަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ ހިދުމަތް އަލުން ދޭން ފެށޭނެ ތާރީހެއް އެ އޮފީހުން ނުބުނެ އެވެ. 

އެ ހިދުމަތް މެދުކެނޑިފައި ވީނަމަވެސް، ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭނުންވާ ކަމަކާއި ގުޅޭގޮތުން މައުލޫމާތު ހޯދޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ. 

މީޑިއާނެޓު އޮފީހަށް ބަޔަކު ވަދެ އެތަނުގެ މުވައްޒަފަކު ޒަހަމުކޮށްލާފައިވަނީ އިއްޔެ ހަވީރު 17:48 ހާއިރު އެވެ. އޭނާއަށް ހަމަލާދިނީ މަރުތޭލަކުން ކަމަށް ވެއެވެ. އެޑީކޭ ހޮސްޕިޓަލުގައި އޭނާއަށް އިއްޔެ ފަރުވާދީފައިވާއިރު، ހަމަލާދިން މީހުން މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. 

ރޭގެ ވަގުތެއްގައިވެސް މަގުމަތީ ވަނީ މާރާމާރީއެއް ހިންގައިގެން ބަޔަކު ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހުވެސް މާލޭމަގުމަތީގައި ވަނީ މާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމުކޮށްލާފަ އެވެ. އެ ސަރަހައްދުގައި ހުރި މީހަކު އެދުވަހު "ސީއެންއެމް" އަށް ބުނީ، ގުރޫޕަކުން އައިސް މަގުގައި ތިބި ބަޔަކާއި މާރާމާރީ ހިންގީ ކަމަށާއި، މާރާމާރީގައި ދަގަނޑު ބުރި އާއި ލަކުޑިބުރި ފަދަ ތަކެތި ބޭނުން ކޮށްފައި ވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް