ads
ކ. ހިންމަފުށި - ފޮޓޯ: ސޯޝަލް މީޑިޔާ
ހިންމަފުށީ ހަމަ ނުޖެހުމާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފި
މާލެ އަތޮޅު ހިންމަފުށީ ގެސްޓްހައުސް އަކަށް ގެއްލުންދީ އެރަށުގައި ހަމަނުޖެހުން ހިންގި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހިންމަފުށިން ހައްޔަރުކޮށްފައިވަނީ އުމުރުން ވިހި އަހަރާއި ތިރީސް ހަތް އަހަރާ ދެމެދުގެ މީހުންނެވެ. އެއީ އުމުރުން ވިހި އަހަރުގެ މީހަކާ، ހަތާވީސް އަހަރުގެ މީހަކާ، ބައްތިރީސް އަހަރުގެ މީހެއްގެ އިތުރުން އޮނަތިރީސް އަހަރުގެ މީހަކާ ތިރީސް ހަތް އަހަރުގެ މީހެކެވެ. މި އެންމެންގެ މައްޗަށްވެސް ތުހުމަތު ކުރެވެނީ ހިންމަފުށީ ގެސްޓްހައުސްއަކަށް ގެއްލުން ދިނުމާއި ރަށުގައި ހަމަ ނުޖެހުން ހިންގުމުގެ މައްސަލައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޯޓު އަމުރެއްގެ ދަށުން އެކަކު ހައްޔަރުކުރުމާއެކު އެކަމާ ގުޅިގެން އިތުރު ބަޔަކު ނުކުމެ ހަމަ ނުޖެހުން ހިންގިއެވެ. ހައްޔަރުކުރި އަނެއް ހަތަރު މީހުންނަކީ ފަހުން މި ހިނގި ހަމަ ނުޖެހުމާގުޅިގެން ހައްޔަރުކުރި މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް