ads
ޒިޔަތު، ޔާމީން، އަދީބު އަދި ނިހާން
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އިތުރު ދައުވާތަކެއް
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތުގެ މައްސަލައިގައި ހިމެނޭ އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ތައްޔާރުވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
Advertisement

އޮންލައިން ނޫސް "އަދަދު"ން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ އަންނަ މަހު އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. 

މި މައްސަލައިގައި މިހާތަނަށް ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނާ، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ކުރީގެ ޕާލިމެންޓް މެންބަރު ނިހާނާ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލަ ބެލުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. މިކަމަށްޓަކައި އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އުފެއްދެވިއެވެ. އެހެން ނަމަވެސް ފަހުންވަނީ އެ ކޮމިޝަން އުވާލާފައެވެ. އެ ކޮމިޝަނު އުވާލުމުގެ ކުރިން އާއްމުވި އެމްއެމްޕީއާރުސީގެ މަންފާ ލިބުނު ކަމަށް ބުނާ ލިސްޓުގައި ދުއިސައްތައަށްވުރެ ގިނަ މީހުން ހިމެނެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް