ads
ނަޝީދު
އެކުގައި ތިބެ 2023 ކާމިޔާބުކުރެވި، ޒަމާންތަކެއްވަންދެން ވެރިކަމުގައި ތިބެވޭނެ: ނަޝީދު
އަންނަ ރިޔާސީ އިންތިހާބުގައި މުޅި އެމްޑީޕީ ގުޅިގެން 2023 ކާމިޔާބުކޮށް، ޒަމާންތަކެއްވަންދެން ރާއްޖޭގެ ވެރިކަމުގެ ދެމިތިބޭވޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގަރާރު ހުށަނާޅުއްވަން ނިންމެވުމަށްފަހު ކޮންގްރެސް 2022 ނިންމާލުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަން ލިބުނު ފުރުސަތުގައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހްއާއި، ޕާޓީއާއި އެކު މަޝްވަރާކޮށްގެން އެއްގޮތް ހިމުން ގޮތްތަކެއް ހޯދޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަވަސްވެގަންނާނީ، ހިޔާލުތައް އެއްގޮތްކޮށް 2023 ކާމިޔާބުކުރުމަށް ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުވެސް ޔަގީންކަން އަރުވަން ބޭނުން އިރާދަކުރެއްވިޔާ އަޅުގަނޑުމެނަށް އެކުގައި ތިބެ، އެއް ހިޔާލެއްގައި ތިބެ ކުރިއަށް މިއޮތް 2023 ކާމިޔާބުކުރެވި އަދި އެތައް ޒަމާންތަކެއްވަންދެން ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި އިރާދަކުރެއްވިޔާ އަޅުގަނޑުމެނަށް ތިބެވޭނެ،” ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ކޮންގްރެސް 2022 އަށް މިއަދު ރައީސް ނަޝީދު ހުށަހަޅުއްވަން އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގަރާރު ހުށަނާޅަން އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ. މި ނިންމުމުން ނިމާފައިވަނީ ކޮންގްރެސްތެރޭ ރައީސް ސޯލިހާއިއެކު ބޭއްވި ކުޑަމަޝްވަރާއަކަށްފަހު އެވެ.

ނަޝީދު ވިދާޅުވީ، ބޭނުންވަނީ އަދި އެހަށް އެ ގަރާރަށް ބަހުސްނުކޮށް މަޝްވަރާއިން ހައްލު ހޯދުމަށްކަމަށެވެ.

މި ނިންމުމަށް މަރުހަބާ ދަންނަވާ ރައީސް ސޯލިހު ވެސް ވިދާޅުވެފައިވަނީ، ވިސްނުން ދެން ބަހައްޓަންވީ 2023 އަށް ކަމަށާއި، އެ އަޒުމުގައި ވާދަވެރި ޕާޓީތައް ބަލިކުރުމަށް ޕާޓީން ކަނޑައަޅާ ކެންޑިޑޭޓަކާއިއެކު ނިކުންނަންވާނީ އެންމެން އެކީގައި ކަމަށެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް