ads
އަމީން އިބްރާހީމް
7 އަހަރު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު އަމީން މާލެއަށް
ހަތް އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ރާއްޖޭން ބޭރުގައި ދިރިއުޅުއްވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. އަމީން ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރުއެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ރާއްޖެ ވަޑައިގެންނެވުމުން އެއަރޕޯޓުން އަމީންއަށް މަރުހަބާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއެވެ. ގާސިމްގެ އިތުރުން ޖޭޕީގެ ކައުންސިލް މެމްބަރުންނާއި، ބައެއް އިސްފަރާތްތަކުން އަމީންއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

މިއަދު މެންދުރު ރާއްޖެ ވަޑައިގެންނެވުމަށް ފަހު އަމީން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ ވަޑައިގެންނެވުމަކީ، އާއިލާއަށްވެސް އަދި އަމިއްލަ ނަފްސަށްވެސް ލިބުނު ހިތްހަމަޖެހުމަކާއި، ކުރިއެރުމެއްކަމަށެވެ.

ﷲއަށް ހަމްދުކުރަން ހެޔޮ ހާލުގައި ރާއްޖެ އާދެވުނީތީ. އަޅުގަނޑު އުންމީދުކުރަނީ، މިތަނުން ފެނުނު މަންޒަރުތަކަށްވުރެވެސް، އުފާވެރި، ހިތްހަމަޖެހޭ ތަރައްގީގެ ކުލަވަރުތަކާއި މަންޒަރުތައް ގައުމުގެ އެކި ހިސާބުތަކުން ފެނިގެންދާނެކަމަށް.

މީގެ ހަތް އަހަރު ކުރިން އަމީން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވީ، މޭޑޭގެ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އޭރުއްސުރެ އަމީން ދިރިއުޅުއްވީ އިނގިރޭސިވިލާތުގައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް