ads
އެސްޓީއޯ މަގޭ ހިޔާ ޕްރޮމޯޝަން
އެސްޓީއޯގެ މަގޭ ހިޔާ ޕްރޮމޯޝަން ފަށައިފި
އަށާރަ އިންސައްތަ އާއި ހަމައަށް ޑިސްކައުންޓު ލިބޭ ގެދޮރުވެރިންނަށް ހާއްސަ އެސްޓީއޯ މަގޭހިޔާ ޕްރޮމޯޝަން ފަށައިފި އެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި މިއަދު ފެށިގެން ދިޔަ މި ޕްރޮމޯޝަން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ދާ މި ހާއްސަ ޕްރޮމޯޝަންގައި ޕީޕަލްސް ޗޮއިސްއިން ބައްލަވައި ގަންނަވާ މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5،000 ރުފިޔާއަކަށް ކޫޕަނެއް ލިިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

ނަސީބުވެރިންނަށް ކަނޑައެޅިފައިވާ އިނާމުތައް:

  • ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު
  • ގްރޭންޑް ލަކީ ޑްރޯގެ ދެވަނަ އިނާމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު
  • އަދި ގްރޭންޑް ލަކީ ޑްރޯގެ ތިން ވަނަ އިނާމަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗާ

މީގެ އިތުރުން މަގޭ ހިޔާ ޕްރޮމޯޝަން ކުރިޔަށްދާއިރު ހާއްސަ ޑިސްކައުންޓު ތަކެއް ދިނުމަށްވެސް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ. އެގޮތުން 15،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ ވިޔަފާރި ކުރާ ފަރާތްތަކަށް 12 އިންސައްތަ ޑިސްކައުންޓު ލިބޭ އިރު، 25،000 ރުފިޔާ އާއި 35،000 ރުފިޔާ އާއި ދެމެދުގެ ވިޔަފާރި ކުރާ ފަރާތްތަކަށް 15 އިންސައްތަ ޑިސްކައުންޓު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

މީގެ އިތުރުން 35،000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް 18 އިންސައްތަ ޑިސްކައުންޓު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް