ads
އަލްހާން ފަހުމީ
އެމްޑީޕީއަށް އަލުން ވަންނަންވީ ވަގުތު ޖެހިއްޖެ: އަލްހާން
އެމްޑީޕީއަށް އަލުން ވަންނަންވީ ވަގުތު ޖެހިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި އެމްޑީޕީއަށް ވަންނަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެ އޭނާވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ލީޑަރޝިޕަށް ތައުރީފު ކުރައްވާފައެވެ. 

އެމްޑީޕީއަށް ވަންނަންވީ ވަގުތު ޖެހިއްޖެކަމަށް އަލްހާން ވިދާޅުވިއިރު، އޭނާ ހިންގެވި"ޕޮންޒީ ސްކީމެއް" ގެ މައްސަލަވަނީ މި ފަހުން ހޫނުވެފައެވެ. އަދި އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުވަނީ ކުރެވިފައެވެ. ކުރިން ސިޔާސީ މަސްރަހުގައި ފިޔަ ޖަހަމުން އައި ޒުވާން ލީޑަރެއްގެ ގޮތުގައި އަލްހާން ބެލެވުނަސް ފަހުން އޮތް ހުރިހާ އިންތިހާބެއްގައި އޭނާވަނީ ނާކާމިޔާބީއާ ކުރިމަތި ލާން ޖެހިފައެވެ. އެންމެ ފަހުން އަލްހާނަށް ނާކާމިޔާބުވީ މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައިގެންނެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް