
މުބާރާތުގައި ވާދަކުރާ ރާޅާ އެޅުންތެރިން
ފޯސީޒަންސް މޯލްޑިވްސް ޗެމްޕިއަންސް ޓްރޮފީ ފަށައިފި
ސްޕޯޓްސް ޓީމް
24 އޯގަސްޓް 2022 - 08:21:34
ދިހަވަނަ ފޯ ސީޒަންސް މޯލްޑިވްސް ޗެމްޕިއަންސް ޓްރޮފީ ރާޅާ އެޅުމުގެ މުބާރާތް ޓުވަރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
މުބާރާތް ކުރިއަށްދާނީ މާލެ އަތޮޅު ކުޑަހުރާ ރިސޯޓް ކާރީ އޮންނަ ރާޅު ފޮއިންޓުގައެވެ.
މިމަހުގެ 29 އާ ހަމައަށް ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ނެވެ. އެ ތިން ކެޓަގަރީއަކީ ސިންގަލް ފިން، ޑަބަލް ފިން އަދި ތުރަސްޓާގެ ކެޓަގަރީ އެވެ.
މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓު އިބޫ ބުނި ގޮތުގައި މިފަހަރުވެސް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަށްވުން ކަހަލަ ކަމެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް