
ސްރީލަންކާގެ ކުރީގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މިދިޔަ ޖުލައި މަހު އެގައުމުގައި ބޭއްވި މުޒާހަރާތަކާ ގުޅިގެން ވަނީ ފިއްލަވައިގެން ވަޑައިގެންފައެވެ. ގޮޓަބަޔަ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ.
ރޮއިޓާސް އިން ބުނާ ގޮތުގައި ގޮޓަބަޔާ އެނބުރި ގަުމަށް ވަޑައިގަންނަވާ އެއްސަބަބަކީ ތައިލެންޑުގައި އޭނާ ހުރުމުގެ ހަރަދުތަކެވެ.
ރާޖަޕަކްސަ ސްރީލަންކާއިން ފިއްލަވައިގެން ވަޑައިގެންނެވީ، ސްރީލަންކާގެ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ކޮލަމްބޯގައި ބޮޑެތި މުޒާހަރާތަކެއް ކޮށް، މުޒާހަރާގެ ބައިވެރިން ރުޅިގަދަވެފައި ވަނިކޮށެވެ.
ރައީސްކަމުން އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު އެވެ.
ސްރީލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޖަޕަކްސަ ބުދަ ދުވަހު އެނބުރި ވަޑައިގެންނެވިދާނެއެވެ. ނަމަވެސް، އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން، ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އާއި ސަރުކާރާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް، އެރައިވަލް ފަސްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.