ads
އިންޑިޔާގައި ޑެންގީ ހުމާދެކޮޅަށް ހިންގި ހަރަކާތެއްގައި ކުޑަކުއްޖަކު ހަރަކާތްތެރިވަނީ
ކުޑަކުދީންނަށްޖެހޭ އާ ހުމެއް އިންޑިޔާގައި ފެތުރެން ފަށައިފި
އިންޑިޔާގައި ކުޑަކުދީންނަށް ޖެހޭ އާ ހުމެއް ފެތުރެން ފަށައިފިއެވެ. މިހުމަށް ނަންދީފައިވަނީ "ޓޮމާޓޯ ފްލޫ" ގެ ނަމުންނެވެ.
Advertisement

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާއިން މިދިޔަ މެއި މަހު ފުރަތަމަ ފަހަރަށް ފެނުނު ޓޮމާޓޯ ފްލޫ މިހާރުވަނީ އިތުރު ދެ ސްޓޭޓަކަށް ފެތުރިފައެވެ.

ލޭންސެޓް ރެސްޕިރޭޓަރީ މެޑިސިންގައި ލިޔެފައިވާ އާޓިކަލެއްގައިވާ ގޮތުން، ކެރެލާގައި ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފަސް އަހަރުން ދަށުގެ 82 ކުއްޖަކަށް މި ބަލި ޖެހިފައިވާކަން ވަނީ ދެނެގަނެވިފަ އެވެ.

އަވަށްޓެރި ޓެމިލް ނާޑޫ ސްޓޭޓާއި އިރުމަތީ އޮޑީޝާގައި މިހާރު ކޭސްތައް ރިޕޯޓް ކޮށްފައިވާއިރު، އުމުރުން ނުވަ އަހަރުގެ ކުދިންނަށް މި ބަލި ޖެހިފައި ވީ ނަމަވެސް، އާންމު ގޮތެއްގައި މި ބަލީގެ އަސަރު ކުރަނީ ފަސް އަހަރުން ދަށުގެ ކުދިންނަށެވެ.

ސައިންސްވެރިން އަދިވެސް މަސައްކަތް ކުރަމުން ދަނީ މި ވައިރަހަކީ ސީދާ ކޮން ވައިރަހެއްތޯ ދެނެގަތުމަށެވެ. ޓޮމާޓޯ ފްލޫ އަށް މި ނަން ދެވިފައިވަނީ ހަށިގަނޑުގައި އުފެދޭ ވޭންދެނިވި ރަތް ބްލިސްޓާތަކުގެ ސަބަބުންނެވެ. އަދި މިއީ ގައިން ގަޔަށް އަރާ ބައްޔެކެވެ. 

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ޓޮމާޓޯ ފްލޫ އަށް ޑައިގްނޯސް ކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ އޭގެ އަލާމާތްތަކަކީ ކޮވިޑު، ޗިކުންގުންޔާ އަދި ޑެންގީ ހުން ފަދަ އަލާމާތްތަކާ ވަރަށް އެއްގޮތް އަލާމާތްތަކަކަށް ވާތީ އެވެ.  ޗިކުންގުންޔާ އަދި ޑެންގީ ހުމަކީ ވިއްސާރަ މޫސުމުގައި އިންޑިއާގައި އާންމު ދެ ހުން ކަމަށްވާއިރު، މި ދެ ހުންވެސް ފެތުރެނީ މަދިރިންނެވެ. ޗިކުންގުންޔާ އަކީ ކެރެލާގައި ވަރަށް ބޮޑަށް ފެތުރޭ ހުމެކެވެ.

ލޭންސެޓް އާޓިކަލްގައި ބުނަނީ ޓޮމާޓޯ ފްލޫ އަކީ ވައިރަލް އިންފެކްޝަނަކަށް ވުރެ ޗިކުންގުންޔާ ނުވަތަ ޑެންގީ ހުމުގެ އާފްޓާ އިފެކްޓަކަށް ވެދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް