ހަބަރު /

ނިޔާވެފައި ވަނީ މީގެ ކުރިން އެއްވަނަ ޑިވިޝަންގައި ވޮލީ ކުޅެފައިވާ ޑަކީ
ވޮލީ ބޯޅަ ކުޅެން ހުރި ދިވެއްސަކު ނިޔާވެއްޖެ
މުހައްމަދު ރީހާން
26 އޯގަސްޓް 2022 - 23:27:00
ވޮލީ ކުޅުން ހުރި ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، އދ.ދިއްދޫ އާއި އދ.ދަނގެތި ކުޅުނު މެޗްގައި ކުޅެން ހުރި ކުޅުންތެރިއެކެވެ.
ނިޔާވެފައި ވަނީ މީގެ ކުރިން އެއްވަނަ ޑިވިޝަންގައި ވޮލީ ކުޅެފައިވާ އަހްމަދު އަބްދުﷲ (ޑަކީ) އެވެ.
ދިއްދޫ ޓީމަށް ކުޅެމުންދިޔަ ޑަކީ ނިޔާވެފައި ވަނީ ކުޅެމުން ދަނިކޮށް ދަނޑުމައްޗަށް ވެއްޓި ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާއަށް ދަނޑުމަތީގައި ފަރުވާ ދިން ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައި ވާކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފަ އެވެ.
ޑަކީ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
12%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް