ads
ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިޔާތު ތެރެއިން
މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދޭނަން: ރައީސް
ސަރުކާރުގެ މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
Advertisement

މުލަކަތޮޅު ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ 115 ރަށެއްގައި ހިނގަމުންދާކަމަށާއި، އޭގެ ތެރެއިން 38 ރަށެއް ގެ މަސައްކަތް ނިމި އިތުރު ރަށްރަށުގެ މަސައްކަތްތައް ވެސް ކުރިޔަށްދާ ކަމަށެވެ.

ވޭވަށަކީ މަސްގަނެ މަސްކައްކާ ވިއްކުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ ރަށެއް ނަމަވެސް މިހާތަނަށް އައިއިރު އެ މަސައްކަތަށް ފަހިވާގޮތަށް ބަނދަރެއް ހެދިފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ވިދާޅުވީ އާބާދީ ކުދި ރަށްރަށަށް ކުރިމަތިވާ ގޮންޖެހުންތައް ވޭވަށަށް ވެސް ކުރިމަތިވާކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި ދިވެހިރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ގާއިކޮށްދޭންޖެހޭ އަދި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ. 

ވޭވަށުގައި މިހާރު ކުރިޔަށްދާ ތަރައްގީގެ މުހިންމު ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފެނާނަރުދަމާގެ ހިދުމަތްވިޔަސް ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ވެސް ސަރުކާރުގެ ޕްލޭނާއެކު ކުރިޔަށްގެންދަވާނެ ކަމަވެ.

ވޭތުވެދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ވޭވަށުގެ ތަރައްޤީއަށް ހަރަދުކުރީ ގާތްގަޑަކަށް ދެ މިލިއަން ރުފިޔާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެކަނިވެސް ވޭވަށުގެ ތަރައްގީގެ މަޝްރޫއުތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރައްވާފައިވާކަމަށެވެ. 

ހަމަ އެހެންމެ އެމަނިކުފާނު ވަނީ މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް އަދި ވަކި ވިސްނުމެއްގެ ބަޔަކު ބާކީ ނުކޮށް ތަރައްޤީގެ ކަންކަން ކުރިޔަށް ގެންދަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ ލަފާފުރުމުގެ ކަންކަން ހައްލުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއިރު، މުލަކަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެން ރަތްމަންދޫގައި ވެސް ބަނދަރެއް ނެތެވެ. އެއީ

މުލަކަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ. ޖެޓީއެއް ލަފާފުރުމަށް ބޭނުންކުރާ އެރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަަމަށް އިއްޔެ ވިދާޅުވި އެވެ.

ވެރިކަމުގެ ހަތަރުވަނަ އަހަރު ރައީސް ސޯލިހުގެ ސަރުކާރުން ގުނަމުންދާއިރު، ދައުރު ނިމެންދެން އޮތީ އެންމެ އަހަރެކެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް