ހަބަރު /

ޔޫކޭގެ އެންމެ ދޮށީ ފިރިހެން މީހާ
ޔޫކޭގެ އެންމެ ދޮށީ ފިރިހެންމީހާގެ އުފަންދުވަސް ފާހަގަކޮށްފި
އަހްމަދު ޙާމީ
28 އޯގަސްޓް 2022 - 19:22:49
އިނގިރޭސިވިލާތުގެ ފިރިހެނުންގެ ތެރެއިން އުމުރުން އެންމެ ދޮށީ ޖޯން އަލްފްރެޑް ޓިނިސްވުޑް، އޭނާގެ 110 ވަނަ އުފަން ދުވަސް ފާހަގަކޮށްފިއެވެ.
ލިވަރޕޫލަށް ސަޕޯޓުކުރާ ޓިނިސްވުޑުގެ އުފަންދުވަހާ ގުޅިގެން 110 ގޯލްޑް ފުއްޕާހަމާއި ލިވަރޕޫލްގެ ފުޓްބޯޅަ ޓީމުން ޓްރިބިއުޓެއްގެ ގޮތުގައި ގަޑިއެއް ހަދިޔާކޮށްފައިވެއެވެ.
އިނގިރޭސި ވިލާތުގެ ރާނީ ކްއީން އެލިޒަބަތްވެސް ވަނީ، ޓިނިސްވުޑްގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާ ސިޓީއެއް ފޮނުއްވާފައެވެ.
1912 ގައި އުފަންވި ޓިނިސްވުޑަކީ ދުނިޔޭގެ ހިނގި 2 ބޮޑުހަނގުރާމައިގެ ދުވަސްތައް ދެކެފައިވާ މީހެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް