ads
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ 2 ބޭފުޅުން
ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތެރިންގެ މައުލޫމާތު އެއްކުރަނީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެއްކޮށް އެކުލަވާލުމުގެ މަސައްކަތް ޓުވަރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

ޓުވަރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކާއި، ދިގު މުއްދަތުގެ ޚިދުމަތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު ކުރިއެރުމެއް ގެނައުމުގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެއްކޮށް އެކުލަވާލުމުގެ މަސައްކަތް ޓުވަރިޒަމް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ޓުވަރިޒަމް ދާއިރާގެ ހިދުމަތްތެރިންގެ މައުލޫމާތު މިނިސްޓްރީން އެއްކުރަމުން އަންނައިރު، އެ މަސައްކަތުގައި އާއްމުންގެ އެހީތެރިކަމަށް މިނިސްޓްރީންވަނީ އެދިފައެވެ. މި ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، މިދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވައިދިނުމަށް މިނިސްޓްރީންވަނީ އެދިފައެވެ.

ޓުވަރިޒަމް ދާއިރާގެ ހިދުމަތްތެރިންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޓުވަރިޒަމް މިނިސްޓްރީން ފަށާފައިވާއިރު، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފަންސާސް އަހަރު ފުރޭ އަހަރެވެ. އެހެންކަމުން އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް