ads
އިރާގުގެ ރިޔާސީ ގަނޑުވަރުގެ ސްވިމިން ޕޫލްގައި މުޒާހަރާގެ ބައިވެރިން
އިރާގު ދެވަނަ ލަންކާއަށް، ރިޔާސީ ގަނޑުވަރު ހިސޯރުކުރި ހަމަނުޖެހުންތަކުގައި 10 މަރު!
އިރާގުގެ ބާރުގަދަ ޝިޔައީ ދީނީ އިލްމުވެރިއެއް ކަމަށްވާ މުގްތަދާ އަލް-ސަދްރު ސިޔާސީ ހަޔާތުން އެކަހެރިވެވަޑައިގަންނަވާނެ ކަމަށް އިޢްލާން ކުރެއްވުމާ ގުޅިގެން، އިރާގުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯންގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި 10 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
Advertisement

މިފަދަ މަންޒަރުތަކެއް މީގެ ދެމަސް ދުވަސް ކުރިން ސްރީލަންކާއިންވެސް ވަނީ ފެނިފައެވެ. ސްރީލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކޮލަމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް އެތައްހާސް ބަޔަކު ވަދެ، އެތައް ހާސް ބަޔަކު ޒަޚަމްވިތާ ދެމަސް ފަހުން، އިރާގުގެ ވެރިރަށް ބަޣުދާދުސިޓީގައިވެސް ހަމަ މިފަދަ މަންޒަރުތައް މިހާރު ދަނީ ފެންނަމުންނެވެ. އިރާގުގެ ނުފޫޒުގަދަ ޝީއީ މުސްލިމް ދީނީ އިލްމުވެރިއެއް ކަމަށްވާ މުގްތަދާ އަލް-ސަދްރު ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަން އިޢްލާން ކުރެއްވުމާއެކު، އޭނާގެ ސަޕޯޓަރުން ވަނީ މުޒާހަރާއަށް ނުކުމެ، ރިޔާސީ ގަނޑުވަރަށް ވަދެގަނެފައެވެ.

ސަލާމަތީ ބާރުތަކުން އިރާގުގެ ރިޕަބްލިކަން ޕެލެސް އިން މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށްޓަކައި ކަރުނަ ގޭހާއި ލައިވް ވަޒަން ބޭނުން ކުރިއެވެ. އިރާގުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވީ އަލް-ސަދްރުގެ މި އިއުލާނާ ގުޅިގެން ގްރީން ޒޯންގެ ތެރޭގައި ހުރި އިމާރާތަށް އެތައް ސަތޭކަ ބަޔަކު ވަދެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

އިރާގުގެ ސަލާމަތީ ބާރުތަކުން ބުނީ އަންގާރަ ދުވަހު ބަޣުދާދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ގްރީން ޒޯނަށް ހަތަރު ރޮކެޓް ހަމަލަ ދީފައިވާ ކަމަށާއި އޭގެ ސަބަބުން މީހުން ދިރިއުޅޭ ކޮމްޕްލެކްސްއަކަށް ގެއްލުންވެފައިވާ ކަމަށެވެ. އިރާގުގެ ސެކިއުރިޓީ މީޑިއާ ސެލް އިން ބުނި ގޮތުގައި މި ރޮކެޓްތައް އައިސްފައިވަނީ އަލް ހަބީބިޔާ އާއި އަލް ބަލާދިޔާ އިންނެވެ.

ރިޕަބްލިކަން ޕެލެސް އަކީ އިރާގުގެ ކެބިނެޓް ބައްދަލުވުން ތައް ބާއްވާ ގަނޑުވަރެވެ. ބޮޑުވަޒީރު މުސްތަފާ އަލް ކަދީމީ މިހާރު ވަނީ ސަރުކާރުގެ ހުރިހާ ބައްދަލުވުންތަކެއް މެދުކަނޑާލާފައި ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ބޮޑުވަޒީރު ވަނީ މުޒާހަރާގެ ބައިވެރިން ސަރުކާރުގެ މުއައްސަސާތަކުން ނުކުތުމަށް ގޮވާލުމަށާއި އެކަމުގައި އެހީތެރިވުމަށް އަލް-ސަދްރުގެ ކިބައިން އެދިވަޑައިގެންފައެވެ.

އަލް-ސަދްރު ވިދާޅުވީ މި ނިންމެވުމަކީ މީގެ ދެމަސް ކުރިން ސިޔާސީ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް އޭނާ ނިންމެވި ނިންމެވުމެއް ކަމަށާއި، ނަމަވެސް މިހާރު ސިޔާސީ ކަންކަން އެއްކޮށް ހުއްޓަވާލައްވައިފި ކަމަށާއި، މުޅި ގައުމުގައި ހުރި އޭނާގެ ހުރިހާ ސިޔާސީ އޮފީސްތައް ބަންދުކުރައްވަމުން ގެންދަވާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް