
ސެޕްޓެމްބަރު މަހު އޮންނަ ކޮލިފައިން ބުރުގައި ދިވެހި ޓީމު ހިމެނޭ މެޗުތައް ކުޅޭނީ ސައުދީ އަރަބިއްޔާހައެވެ. ދިވެހި ޓީމާ އެކު އެއް ގްރޫޕެއްގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޗައިނާ، މިއަންމާ އަދި އުޒްބަކިސްތާނެވެ. މިއީ ވަރުގަދަ ގްރޫޕެކެވެ.
ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އުޒްބަކިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު މިއަންމާއާ ދެކޮޅަށެވެ.
ރާއްޖޭގެ 20 އަހަރުން ދަށުގެ މެޗު ޝެޑިއުލް
10 ސެޕްޓެމްބަރު: ރާއްޖެ- އުޒްބަކިސްތާން
12 ސެޕްޓެމްބަރު: ރާއްޖެ- ސައުދީ އަރަބިއްޔާ
14 ސެޕްޓެމްބަރު: ރާއްޖެ- ޗައިނާ
19 ސެޕްޓެމްބަރު: ރާއްޖެ- މިއަންމާ
ދިވެހި ޒުވާން ޓީމު މިރޭ ސައުދީ އަރަބިއްޔާއަށް ފުރާއިރު، ދިވެހި ޒުވާން ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތަކީ މި މަހުގެ ކުރީކޮޅު އިންޑިޔާގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ވިހި އަހަރުން ދަށުގެ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. އެ މުބާރާތުގައި ރާއްޖެއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ލަންކާއާ ކުޅުނު މެޗުންނެވެ. ލަންކާ މެޗުގައި ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން އެއްވަރު ކުރީ ފަހު ވަގުތުކޮޅުއެވެ.