ads
އަންހެންމީހާ ފެނުނީ އެރަށު މިއުޒިއަމް ޕާކު ސަރަހައްދުގައި ހުރި ފަޅު ގޯއްޗަކުން——ފޮޓޯ: ސީއެންއެމް
ތިނަދޫއިން ގެއްލުނު އުމުރުން ދުވަސްވީ މީހާ ފަޅުގޯޗެއް ތެރެއިން ފެނިއްޖެ
ގދ. ތިނަދޫއިން މިއަދު ހަވީރު ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ އަންހެންމީހާ ހޭނިތިފައި އޮށްވާ ފަަޅު ގޯޗެއްގެތެރެއިން ފެނިއްޖެ އެވެ.

ތިނަދޫއިން “ސީއެންއެމް” އާއި ވާހަކަދެއްކި މީހަކު ބުނީ، 80 އިން މަތިވެފައިވާ އެ އަންހެންމީހާ ގެއްލިގެން ހޯދަން ފެށީ އިރާކޮޅު ވަގުތެއްގައި ކަމަށާއި، އޭނާ ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ރަށުތެރެއަށް ނިކުމެ މަސައްކަތްކުރި ކަމަށެވެ.

އޭނާ މިރޭ ފެނުނީ، ގެއްލުނު ހިއްކި މާފުށި ސަރަހައްދުން، ރަށުގެ މިއުޒިއަމް ޕާކު ކައިރީހުރި ފަޅުގޯއްޗެއްގެ ތެރޭ ހޭނެތިފައި އޮއްވާ ކަމަށް ސީއެންއެމްއާއި ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

މިހާރު އޭނާ އަށް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެން ފަށާފަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް