ads
ޑރ. މައުސޫމް
ފަތުރުވެރިކަމުގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް: ޑރ. މައުސޫމް
ކޮވިޑުގެ އަޑިގަނޑަށް ފަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅު ވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ސީއެންއެމްއަށް ދެއްވި އިންޓަވިޔުއެއްގައި ޑރ. މައުސޫމް ވިދާޅުވީ، ކޮވިޑުގެ އަޑިގަނޑަށް ފަހު މިދިޔަ ދެ އަހަރު ރާއްޖޭން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަންޒިލްގެ އެވޯޑް ހޯދާފައިވާއިރު، މި އަހަރު ވެސް އެ އެވޯޑް ހާސިލް ކުރުމަކީ އުއްމީދެއް ކަމަށެވެ. 

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތް ކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. މިދިޔަ މަހުގެ ކުރީކޮޅުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 137،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. ދެ ވަނަ އެންމެ ގިނައިން ޓޫރިސްޓުން އައި އިނގިރޭސި ވިލާތުގެ ޓޫރިސްޓުންގެ އަދަދަކީ 110،000 އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 103،00 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.

ފަތުރުވެރިކަމުގެ މުސްތަގުބަލު، ކޮވިޑަށް ފަހު އުޖާލާކޮށް ފެންނަމުންދާ ކަމަށް ޑރ. މައުސޫމް ވިދާޅުވެފައިވާއިރު ރާއްޖޭން މިހާރު ތައްޔާރުވަމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 ވަނަ އަހަރު ފާހަގަ ކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް