ads
ޔާޔާ
މުޖްތަމައަށް ނުރައްކަލެއް ނެތޭ ބުނެ ޔާޔާ ދޫކޮށްލައިފި
ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯތައް ފާޅުގައި އާއްމު ކުރަމުން އަންނަ މުހައްމަދު ނަބީލް (ޔާޔާ) ގެ ސަބަބުން މުޖްތަމައުއަށް ނުރައްކަލެއް ނުކުރާ ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލަން އަމުރު ކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ޔާޔާ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ އާއްމު އިޖްތިމާއީ މިންގަނޑާއި ހިލާފަށް ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯ އާއްމު ކުރަމުންދާ މައްސަލަ އާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުލުހުން އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް ފުލުހުންނަށް އަމުރު ކޮށްފަ އެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުއަށް ނުރައްކާވާނެ ކަމަށް ފުލުހުން ބަޔާން ކޮށްފައި ވީނަމަވެސް، ކޯޓުން ވަނީ ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ. 

އަދި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ އާއި، އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އަމުރުގައި ވެއެވެ.

"އޭނާ ބަންދުުން ދޫކޮށްލައިފިނަމަ އާއްމު ރައްޔިތުންގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިހުތިމާލެއް އޮތުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލަމަތަށް ނުރައްކާ އޮތް ސަބަބެއް ކަމަށް ފުލުހުން ބުނެފައިވޭ. އެހެން ނަމަވެސް އެއީ އޭނާ ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން." އަމުރުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ފިލާފާނެ ކަމަށްވެސް ކޯޓުގައި ފުލުހުން ވަނީ ބުނެފަ އެވެ. އެއީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕާސްވޯޑު ދިނުމަށް ދެކޮޅު ހެދުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ފޯނު ނުދިނުމަކީ އޭނާ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް