ads
ރައީސް ޔާމިން
ރަނިން މޭޓެއް ކަނޑައެޅުމަކީ ވަރަށް ފަސޭހަކަ ކަމެއް
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ޔާމީނުގެ ރަނިން މޭޓެއް ކަނޑައެޅުމާ މެދު އަދި ނުވިސްނަވާ ކަމަށާއި އެއީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓާ އެކު ކުރިމަތިލައްވަން ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ރަނިން މޭޓެއްގެ ޗޮއިސް ވަރަށް ތަނަވަސްކަމަށެވެ.

ލީޑަޝިޕްގެ އިސް ސަފުގައި ވަރަށް ތަޖުރިބާކާރު މީހުން ބައިވަރު އެބަތިބި. އޯވަނައިޓަކުންވެސް ރަނިން މޭޓެއް ޗޫޒް ކުރެވިދާނެ. އެއީ ދަތިކަމެއް ނޫން އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަދި އެކަމާ މެދު ނުވިސްނަން.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ކެންޑީޑޭޓުގެ ރަނިން މޭޓު ކަނޑައެޅުމަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދޫކޮށްލާފައިވާ ކަމެކެވެ. އެހެންނަމަވެސް ރަނިން މޭޓުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެއީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އަހަރެއްވުމާއި، ގާނޫނު އަސާސީގައި ބުނާ ރައީސެއްގެ ޝަރުތު ހަމަވުމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް