ads
ރިބިލިޓޭޓުކޮށް ދޫކޮށްލި ގައިދީންނާއި ބައްދަލުކޮށް ހިތްވަރު ދެއްވަނީ
ޑްރަގު ފަރުވާ ފުރިހަމަކުރި 32 ގައިދީން ސަރުތުތަކަކާއެކު އާއިލާއާއި ހަވާލުކޮށްފި
ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރި ހަމަކުރި 32 ގައި ގައިދީން ސަރުތުތަކަކާއެކު އާއިލާއާއި ހަވާލުކޮޮށްފި އެވެ.

މި 32 ގައިދީން އާއިލާތަކާއި ހަވާލުކޮށް ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް ކަރެކްޝަނުން ބުނީ، އެ ފަރާތްތައް އަހަރު ދުވަހުގެ މުއްދަތައް ޝަރުތުކުރެވި މޮނިޓަ ކުރެވެމުންދާނެ ކަމަށެވެ.

ޕްރޮގްރާމްގެ ބައިވެރިން އާއިލާއާ ހަވާލުކުރުމުގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަރެކްޝަންގެ ސީޕީ އަހްމަދު މުހައްމަދުފުޅު ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ.

ސީޕީ އަހްމަދު ވިދާޅުވީ، ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށް ޖަލުން މިނިވަންވެގެންދިޔަ 32 ގައިދީން  މުޖުތަމައުގައި ދައްކާ ނަމޫނާއަކުން، ޖަލުގައި ދެން ތިބި އެފަދަ ފަރުވާ ބޭނުންވާ ގައިދީންނަށް ވެސް އެކަމުން ސަލާމަތްވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. 

އެހެންކަމުން މުޖުތަމައުގައި ނަމޫނާ ދައްކާ މީހަކަށް ވުމަށް ހުރިހާ ގައިދީންގެ ކިބައިންވެސް ސީޕީ އެދިވަޑައިގަތެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާ އެކު މިދިޔަ ފެބްރުއަރީ މަހު ފެށި މި ޕްރޮގްރާމު ކާމިޔާބުކަމާއިއެކު ފުރިހަމަ ކުރީ 32 ގައިދީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް