މާލެ އަތޮޅު މާފުށީގައި ހޮނިހިރު ދުވަހު ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ނާޝިދު ވިދާޅުވީ ޔޫކްރޭން -ރަޝިޔާ ހަނގުރާމައިގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ހީނަރުވެފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އަބްދުﷲ ވިދާޅުވީ ކޮވިޑަށްފަހު ގެސްޓްހައުސް ސިނާއަތް ހުޅުވިގެން ގޮސްފައިވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެނުއަލް ޖެނެރަލް މީޓިންގައިވަނީ އެ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާއިން ހަދާފައިވާ އާ ލޯގޯ އާއި ސްލޯގަން ދައްކާލާފަ އެވެ. ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާ ސްލޯގަންއަކީ "އައިއެމް މޯލްޑިވްސް" އެވެ.